ހަބަރު

ތެލުވެލިގާ އިން މީރާއަށް 2.68 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ޓޫރިސްޓް ރިޒޯޓެއް ހަދަން ރީޓްރީޓް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ އދ. ތެލުވެލިގާގެ ކުއްޔާއި ޖޫރިމަނާއަށްވާ ދެ މިލިއަން ރުފިޔާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ރީޓްރީޓް ޕްރައިވެޓް ލިމިޓެޑް އިން ނުދައްކާ އޮތް ކުލީގެ ގޮތުގައި 71،178 ޑޮލަރު ދެއްކުމަށާއި އަދި ކަނޑައެޅިފައިވާ ތާރީހަށް ކުލި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 103،208.10 ރުފިޔާ ދެއްކުމަށެވެ. އެހެންކަމުން ޖުމުލަ 174،386.10 ޑޮލަރު (2.68 މިލިއަން ރުފިޔާ) މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސް ކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ޓޫރިސްޓް ރިޒޯޓް ނުވަތަ ހޮޓާ ތަރައްގީކޮށް ހިންގުމަށްޓަކައި ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިމުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާވާއިރު، އިތުރު 15 ފަރާތެއްގެ މައްސަލަ މިހާރުވެސް މީރާއިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.