ވިޔަފާރި

ސަޓާ އެވޯޑު: އެސޯސިއޭޓް ސްޕޮންސާއަކަށް އޭޝިޔާ ފޯވަޑިން

Oct 22, 2016

ސްރީލަންކާގެ ކޮލަމްބޯގައި އަންނަ މަހު ބާއްވާ ސައުތު އޭޝިޔަން ޓްރެވަލް އެވޯޑު (ސަޓާ) ގެ އެސޯސިއޭޓް ސްޕޮންސާއަކަށް ރާއްޖޭގެ އޭޝިޔާ ފޯވަޑިން ހަމަޖައްސައިފި އެވެ.

ދެކުނު އޭޝިޔާއަށް ހުޅުވާފައިވާ ބާއްވާ މި އެވޯޑު އިންތިޒާމު ކުރާ "ހައިރައިޒް" އިން ބުނީ ދިވެހި ކުންފުންޏެއް ކަމަށްވާ އޭޝިޔާ ފޯވަޑިން އެސޯސިއޭޓް ސްޕޮންސާއަކަށް ހަމަޖައްސާފައިވާ ކަމަށެވެ. މި ކުންފުންޏަކީ އޭޝިޔާގެ ގިނަ ގައުމުތަކަކުން ރާއްޖެއަށް މުދާ ގެނެސް ދިނުމުގެ ހިދުމަތްދޭ ކުންފުންޏެކެވެ.

އެވޯޑު އޮތީ އަންނަ މަހުގެ 15 އިން 16 ސްރީލަންކާގެ މައުޓް ލެވީނިޔާ ހޮޓެލްގަ އެވެ.ސަޓާ އެވޯޑަށް 273 ނޮމިނޭޓް ކޮށްފައިވެ އެވެ. މި އެވޯޑަށް 10 ދާއިރާއެއްގެ 39 ގިންތި އަކުން ދޭނެ އެވެ. މި އެވޯޑުގައި ހިމެނޭ "ވިޒިޓާސް ޗޮއިސް" ބައިގެ ނުވަ ގިންތީގެ ތެރެއިން އަށް ގިންތި އަށް ރާއްޖޭގެ ރިސޯޓުތައް ވާދަކުރެ އެވެ. އަދި "ސެލްފް ނޮމިނޭޓް" ބައިގައި ހިމެނޭ 30 ގިންތި އަށް ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓް ވެފައިވެ އެވެ.