ލައިފްސްޓައިލް

އިލްމް ޓޯކް 2016: މުފުތީ މެންކުގެ ތަގުރީރު އަންނަ މަހު 18 ގައި

ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިޖްތިމާއި ގޮތުން ދުޅަހެޔޮ މުޖުތަމައެއް ގާއިމްކުރަން ކުރާ މަސައްކަތްތަކަށް އެހީތެރިވުމަށް ޖަމިއްޔަތުއް ރަހުމާ އިން ކުރިއަށް ގެންދާ "އިލްމް ޓޯކް 2016" އަންނަ މަހުގެ 18 ގައި ބާއްވަން ނިންމައިފި އެވެ.

އިލްމު ޓޯކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ޖަމިއްޔަތުއް ރަހުމާ އިން މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އިލްމް ޓޯކްގެ ސްޕޯކްސް ޕާސަން އަހްމަދު ހާޝިމް ވިދާޅުވީ، ޒިމްބާބްވޭވްއަށް ނިސްބަތްވާ މަޝްހޫރު އިލްމްވެރިޔާ މުފްތީކް މެންކް ތަގުރީރު ކުރައްވާ އިލްމު ޓޯކް ކުރިއަށް ގެންދާނީ އަންމަ މަހުގެ 18 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒު ބޭރު މައިޒާނުގައި ކަމަށެވެ. އެ ހަރަކާތުގައި ވީހާ ވެސް ގިނަ އާންމުން ބައިވެރިވާން އެ ޖަމާއަތުން ވަނީ ދައުވަތު ދީފަ އެވެ.

އިލްމު ޓޯކްގައި މެންކް ތަގުރީރު ކުރައްވާނީ "މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އޮންނަ ހައްގުތަކުގެ މައްޗަށް" މި މައުލޫއަށެވެ.

"މިފަހަރުގެ އިލްމު ޓޯކް އަޅުގަނޑުމެން ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން. މި ޓޯކަށް އާންމުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ،" ހާޝިމް ވިދާޅުވި އެވެ.

މިއަހަރުގެ އިލްމު ޓޯކް ކުރިއަށް ގެންދަނީ މޯލްޑިވިއަން ޔޫތު ލީގް (މައިލް) އާއި އިސްލާމީ ޔުނިވާސިޓީގެ ސްޓޫޑިއަން ޔޫނިއަން އަދި ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑިއަންޓް ޔޫނިއަން އާ ގުޅިގެންނެވެ.

އިލްމު ޓޯކް 2015 ކުރިއަށް ގެންގޮސްފައިވަނީ "މުސްލިމް އުއްމަތުގެ މުސްތަގްބަލަށްޓަކައި ޒުވާނުންގެ ދައުރު" މި މައުލޫއަށެވެ. އެ އެފަހަރު ރާއްޖެއިން 15 ދީނީ އިލްމުވެރިން އަދި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި އެވެ.