ލައިފްސްޓައިލް

ލޯފަން މީހަކު ތޮވާފުކުރަން އެހީވީ ސެކިއުރިޓީ މީހާއަށް ތައުރީފު

ސެކިއުރިޓީ މީހާގެ ޔުނިފޯމްގައި ހިފަހައްޓައިގެން ހުރެ ލޯ ފަންމީހާ ތޮވާފުކުރަނީ
0%
0%
0%

ސައޫދީ އަރަބިޔާގެ މައްކާގައި މިހާރު ހައްޖުގެ މާތް އަޅުކަމުގެ ކަންތައްތައް ކުރިޔަށް ދާއިރު ވަރަށް ހިތަށް އަސަރު ކުރުވާ ވީޑިއޯއެއް ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.

މި ވީޑިއޯ އިން ފެންނަނީ ހަރަމްފުޅު ބެލެހެއްޓުމުގެ ޒިންމާ އަދާކުރަމުންދިޔަ ސެކިއުރިޓީ އޮފިޝަލަކު ލޯފަން އަންހެނަކު ތަވާފުކުރުމަށް އެހީތެރިވެދީ އޭނާ ގޮވައިގެން ތޮވާފުގެ ހަތް ބުރު ހަމަ ކުރަން މަޑުމަޑުން ހިނގާ މަންޒަރެވެ. މި މަންޒަރުތައް ޓުވިޓާގައި ޝެއާ ކޮށްފައިވަނީ އެ ވަގުތު އެތަނުގައި ހުރި މީހެކެވެ.

ތޮވާފުގެ ބުރުތައް ޖަހަމުންދިޔައިރު ލޯފަން އަންހެންމީހާ ހުރީ ސެކިއުރިޓީ މީހާގެ ބުރަކައްޓާ ދިމާލުން ޔުނިފޯމްގައި ހިފަހައްޓައިގެންނެވެ. އެ އަންހެންމީހާއަށް ހިނގޭ ވަރަށް މަޑުމަޑުން ސެކިއުރިޓީ މީހާ އޭނާ ގޮވައިގެން ތޮވާފު ބުރުތައް ހަމަ ކުރި މަންޒަރު މި ވީޑީއޯގައި ފެނިފައި ވެއެވެ.

މިއީ ހަރަމްފުޅު ބަލަހައްޓަން ތިބޭ އޮފިސަރުންގެ ފަރާތުން ވަރަށް މަދުން ނޫނީ ފެންނަ މަންޒަރަކަށް ނުވާތީ ވަރަށް ގިނަ ބަޔަކު މި މީހާއަށް ތައުރީފުކޮށްފައި ވެއެވެ.

ގިނަ ފަހަރަށް ލޯ އަނދިރި މީހުން ތޮވާފުކުރަނީ ފުރޮޅުލީ ގޮނޑީގައި ތިބެގެން އެމީހުންގެ އެހީތެރިންގެ އެހީތެރިކަމާ އެކުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345