ވިޔަފާރި

މި އަހަރު ރާއްޖޭގެ އިގްތިސާދު ފަސް ޕަސެންޓަށް ކުރިއަރާނެ: އައިއެމްއެފް

Mar 5, 2015

އައިއެމްއެފުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ފަސް ޕަސެންޓް އިތުރުވެފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގެ މައިގަނޑު ސަބަބެއް ކަމަށް އެ އިދާރާއިން ބުނެފައިވަނީ ޔޫރަޕުގެ އިގްތިސާދު ރަނގަޅުވެގެން ދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތައް އައިސްފައިވުމެވެ.

އައިއެމްއެފުން ބުނި ގޮތުގައި މި އަހަރު ވެސް ރާއްޖޭގެ އިގްތިސާދު ފަސް ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ އެވެ. މި ބަދަލު އައުމުގެ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގު (އިންފްލޭޝަން) ދަށަށް ދިއުމާއި ކާނާ އާއި ތެލުގެ އަގުތައް ދުނިޔޭގެ ބާޒާރުގައި ދަށްވުމެވެ.

އެ ޖަމިއްޔާއިން ފާހަގަ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް، އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން އަޅާބަލާއިރު ރާއްޖޭގެ ޖުމްލަ ދަރަނި އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.