ވިޔަފާރި

ޓީޓީއެމް ފެއާ ރާއްޖެއަށް މުހިންމުވާ 10 ސަބަބު

Oct 30, 2016
  • ފެއާގައި 150 ޓްރެވަލް އެޖެންޓުން ބައިވެރިވޭ
  • ޓީޓީއެމް އޮތީ އަންނަ އަހަރު
  • ސަތޭކަ އަށްވުރެ ގިނަ ރިސޯޓު ބައިވެރިވާނެ

މޯލްޑިވްސް ގެޓަވޭސް އިން ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގެ ނަމުގައި ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ފެއާ އޮތީ އަންނަ އަންނަ އަހަރެވެ. މި ފެއާއަކީ ރާއްޖޭގެ ކުރިއަރަމުން އަންނަ ޓޫރިޒަމަށް މުހިންމު ފެއާއެއްގެ ގޮތުގައި ދިރާސާ ކުރާ ފަރާތްތަކުން ވެސް ދަނީ ބުނަމުންނެވެ. ތިރީގައި އެ ވަނީ ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއާ މުހިންމުވާ 10 ސަބަބެވެ.

1. ރާއްޖޭގެ ޓޫރިޒަމްގެ 44ގެ ތާރީހުގައި ރާއްޖޭގައި ބާއްވާ ހަމައެކަނި އިންޓަނޭޝަނަލް ޓޫރިޒަމް ފެއާ

2. ޓީޓީއެމްގައި މަޓީ އާއި މަޓާޓޯ އަދި އެމްއެމްޕީއާރުސީން އެސޯސިއޭޓް ޕާޓްނަރުގެ ގޮތުގައި ބައިވެރިވާ ހަމައެކަނި ހަރަކާތް

3. ޓީޓީއެމް ފެއާ ބާއްވައިގެން ކުރިއަށް އޮތް ހަތަރު އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނެސް ދައުލަތުގެ އާމްދަނީ 3.5 ބިލިއަނަށް އުފުލާލުމަށް އޮތް ލަނޑުދަނޑި.

4. މި ފެއާގައި ބައިވެރިވާ ފަރާތްތަކަށް ހުޅުވިގެންދާ ފުރުސަތުތައް، ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާއެކު ބައްދަލުވާން ލިބޭ ރަނުގެ ފުރުސަތު

5. ޓްރެވަލް ޓްރޭޑް މޯލްޑިވްސްގައި ހާއްސަ މެހުމާނުންގެ ގޮތުގައި ރާއްޖޭ އާއި ދުނިޔޭގެ ޓޫރިޒަމްގެ އިސް ފަރާތްތައް ބައިވެރިވެ ވާހަކަ ދެއްކުން

6. ޓީޓީއެމް ފެއާގައި ބައިވެރިވާ ފަރާތްތަކުގެ ސްޓޯލް/ ބޫތުތައް ބަހައްޓަން ލިބޭ ތަނަވަސް ޖާގަ

7. ރާއްޖެ އާއި ދުނިޔޭގެ މަޝްހޫރު ފޮޓޯ ގްރާފަރުން ނަގާފައިވާ ޓޫރިޒަމްގެ އެހާރާއި މިހާރުގެ ތަސްވީރުތައް ފެނިގެންދާ މަރުރަޒު

8. ޓީޓީއެމް ފެއާގައި މެހުމާނުންނާއެކު އޮންނަ ވީއައިޕީ ގާލާ އިވެންޓް

9. ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ހާއްސަ މަޖައްލާ. ތިން ހާސް ކޮޕީއާއެކު ނެރޭ މި މަޖައްލާގައި އެކްޒިބިޓަރުންނާއި ވިޒިޓާސް އަދި ޕާޓްނަރުގެ ޕްރޮފައިލް ހިމެނިފައިވުން

10.ޓީޓީއެމް އަށް ދުނިޔޭގެ އެކި ހިސާބުތަކުން ޓްރެވަލް ނޫސްވެރިން އަންނަކަން. މި ފަރާތްތަކުގެ ސަބަބުން ފެއާގެ ވާހަކަތައް ދުނިޔެއަށް ހުޅުވިގެން ދިއުން

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިންވެރިން އަދި 50 ނޫސްވެރިންނާއި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރިވާނެ އެވެ. ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖުލައި މަހު ދަރުބާރުގޭގަ އެވެ.