ވިޔަފާރި

ޓީޓީއެމް ފެއާގެ ހޮޓެލް ޕާޓްނަރަކަށް ޗަމްޕާ ސެންޓްރަލް

Nov 2, 2016

ދިވެހި ޕީއާރް ކުންފުންޏެއް ކަމަށްވާ "މޯލްޑިވްސް ގެޓަވޭސް" އިން ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގެ ހޮޓެލް ޕާޓްނަރަކަށް ޗަމްޕާ ހޮޓެލް ހަމަޖައްސައިފި އެވެ.

މޯލްޑިވްސް ގެޓަވޭސްއިން ބުނީ އަންނަ އަހަރުގެ ޖުލައި މަހު ދަރުބާރުގޭގައި ބާއްވާ ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ޓޫރިޒަމް ފެއާގެ ހޮޓެލް ޕާޓްނަރަކަށް ޗަމްޕާ ސެންޓްރަލް ހަމަޖައްސާފައިވާ ކަމަށެވެ.

ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަކާއެކު، ބާއްވާ މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު / ޓޫރިސްޓު ހޮޓާތަކުގެ އިންވެރިން އަދި 50 ނޫސްވެރިންނާއި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރިވާނެ އެވެ.

މޯލްޑިވްސް ގެޓަވޭސްއިން ރިސޯޓުތަކަށް ހާއްސަ ފެއާއެއް އިންތިޒާމު ކުރިއިރު، 160 ގެސްޓް ހައުސް ވެރިންނާއެކު ދާދިފަހުން ގެސްޓް ހައުސް ކޮންފަރެންސް ވެސް ބާއްވާފައިވެ އެވެ.