ހަބަރު

ހަލަވެލި ރިސޯޓުގައި މަރުވި މީހާގެ ހަށިގަނޑު އަދިވެސް ރާއްޖޭގައި

ހަލަވެލި ރިސޯޓްގެ ކޮޓަރިއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އަދިވެސް އޮތީ ރާއްޖޭގެ މޯޗަރީގައި ކަމަށާއި އެ މީހާގެ ގައުމަށް ހަށިގަނޑު ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ. ޖަރުމަނުގެ އެމީހާގެ ހަށިގަނޑު ފެނުނު އިރު އޮތީ ކުނިވެފައި ކަމަށް ވެއެވެ.

ހަލަވެލި ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި އެމީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގަ އެވެ. ފުލުހުންގެ އިދާރާއިން ބުނީ އެމީހާ މަރުވެފައިވާކަމުގެ ރިޕޯޓް ލިބުމުން، ހަމަ އެ ރޭ އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އުމުރުން 22 އަހަރުގެ ފިރިހެން މީހާއަކީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ މީހެކެވެ. ފުލުހުން ގެންދަނީ އެމީހާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.