ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ޒަހަމްތަކަކާއެކު އޮތް މީހަކު އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓް ލިބުނީ ފަތިހު އެވެ.
އައިޖީއެމްއެޗް އަށް ގެންދިޔަ އިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލް އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިހާތަނަށް ބެލިބެލުމުން އެ މީހާއަކީ ތިލަމާލެ ބްރިޖު މަސައްކަތްކުރާ އެފްކޮންސް ގެ މުވައްޒަފެއްކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.