ޒަކިއްޔާގެ މަރުގެ

ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި

ޒަކިއްޔާ މޫސާ
0%
0%
0%

ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އެ ރަށު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދައިފި އެވެ.

ޒަކިއްޔާގެ އާއިލާއާ ގާތް ގުޅުމެއް އޮތް ބައެއް ފަރާތަކުން އެނގިފައިވާ ގޮތުގައި ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ ހަދާފައިވަނީ ފުލުހުންގެ ޓީމެއް އިންޑިއާއަށް ގޮސްގެން މިދިޔަ ހަފުތާގަ އެވެ.

ވާޗުއަލް އޮޓޮޕްސީގައި ބޭނުންކުރާނީ ހަށިގަނޑާއި ކުށުގެ ވެށީގެ ފޮޓޯ އާއި ވީޑިއޯގެ އިތުރުން ސްކޭން ފަދަ ޓެސްޓްތަކެވެ.

ޒަކިއްޔާ ދިރިއުޅޭ ގޭގައި ޒަހަމްތަކަކާ އެކު އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:10 ހާއިރު އެވެ. އުމުރުން 50 އަހަރުގެ ޒަކިއްޔާގެ މަރުގެ ތަހުގީގުގެ ބޭނުމަށް އޭނާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު ހޮޅުދޫއަށް ގެންގޮސް ވަޅުލީ ސެޕްޓެމްބަރު 12 ވަނަ ދުވަހު އެވެ.

ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީއެއް ހަދާފައިވާއިރު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ އޮޓޯޕްސީ ނުހެދުމަކީ ގޯސް ނިންމުމެއް ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ބުނީ ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910