އައްޑޫ ސިޓީ

އައްޑޫ ސިޓީ އާރިކިޅިގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫ އާރިކިޅިގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އާރިކިޅިގައި މީހަކު ހަބަރު ހުސްވެފައި އޮތްކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:33 ހާއިރު ކަމަށެވެ.

އެ މީހާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނި ގޮތުގައި އެއީ ބިދޭސީއެކެވެ.

އައްޑޫ އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ހުދު ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެން އޮތް އެ މީހާ ފެނިފައިވަނީ އައްޑޫ ހައި ސްކޫލު ފުރަގަހުން އާރިކިޅި ބްރިޖު ސަރަހައްދުންނެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.