އައްޑޫ ސިޓީ މަރަދޫފޭދޫ ފަޅު ގެއެއްގެ ތެރެއިން މަރުވެފައިއޮތް މީހަކު ފެނިއްޖެ އެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ދިވެހި ފިރިހެނެކެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ މަރަދޫފޭދޫ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ފުވައްމުލަކު ސިޓީއަށް ނިސްބަތް އުމުރުން 40 އަހަރުގެ އަލީ އިބްރާހިމް އެވެ.
އެ މީހާގެ ހަށިގަނޑު ހޮސްޕިޓަލަަށް ގެންގޮސް މަރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނީ އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެެއްވެސް އަސަރެއް ފެންނަން ނެތް ކަމަަށެވެ. މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށްވެސް ބުންޏެވެ.