މޯލްޑިވްސް ޕޮލިސް ސާވިސް

ރޭޕްގެ ތުހުމަތުވި މީހަކު މަރުވެއްޖެ

ތ. މަޑިފުށީގައި ރޭޕްގެ ތުހުމަތުވި ފިރިހެނަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މަޑިފުށީގައި އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ރިޕޯޓްކުރީ އާދިއްތަ ދުވަހު އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެން މީހާ މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ފިރިހެން މީހާ މަރުވީ ދަންޖެހިގެންނެވެ.

ފުލުހުން ބުނީ އެ ފިރިހެން މީހާ ވާގަނޑެއް ހިފައިގެން އުޅޭކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އެޓެންޑްވެ އެ މީހާއާ ވާހަކަ ދައްކައި މައުލޫމާތު ސާފުކުރި ކަމަށެވެ. ނަމަވެސް އެވަގުތު އޭނާގެ އަމިއްލާ ނަަފުސަށް ގެއްލުން ދީފާނެ ކަމުގެ ނިޝާނެއް ފާހަގަނުކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފިރިހެންމީހާގެ މަރާ ގުޅިގެން މަޑިފުށީގައި އޭނާގެ އާއިލާގެ މީހުންނާއި ބައެއް ރައްޔިތުން އިއްޔެ ވަނީ ރޭޕްގެ ތުހުމަތުކުރި މީހާ ދިރިއުޅޭ ގެ ކައިރީގައި އިހުތިޖާޖުކޮށް އެ މީހާ ހައްޔަރުކުރަން ގޮވާލާފަ އެވެ.