ހަބަރު

ރުކަކުން ވެއްޓި މީހަކު މަރުވެއްޖެ

ރުކަކުން ވެއްޓި ދިވެއްސަކު މަރުވެއްޖެ އެވެ.

ރުކަކުން ވެއްޓި މަރުވެފައިވަނީ ތ. މަޑިފުށި މީހެކެވެ. އެއީ 36 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އޭނާ މަރުވެފައިވަނީ މަޑިފުށި ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.