މޯލްޑިވްސް ޕޮލިސް ސާވިސް

ކަނޑުމަތީގައި މަރުވެފައި އޮއްވާ ފެނުނީ ޖައުހަރީ

މާލޭގެ އުސްފަސްގަނޑު ސަރަޙައްދާ ދިމާލުން ކަނޑުމަތީގައި މަރުވެފައި އޮއްވާ ފެނުނީ ފޮޓޯގްރާފަރު، ހ. ވެލަސްފަރުގެ އިބްރާހީމް ޖައުހަރީ (62އ) ކަމަށް ފުލުހުން ބުނެފި އެވެ.

އުސްފަސްގަނޑާ ދިމާއިން ކަނޑުމަތީގައި އޭނާ މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހަވީރު 5:06 ހާއިރު އެވެ.

ޖައުހަރީ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޖައުހަރީ ވަނީ މުޒާހަރާތައް ފޮޓޯ ނެގުމުގައި ހަރަކާތްތެރިވެފަ އެވެ.