މޯލްޑިވްސް ޕޮލިސް ސާވިސް

ގެއެއްގެ ތެރޭ އޮތް މީހާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ނެތް: ފުލުހުން

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާފަންނު ގެއެއްގައި މަރުވެފައި އޮއްވާ ރޭ ފެނުނީ މ. ނަލަހިޔާ މަންޒިލް، އަހުމަދު ފަޔާޒް އެވެ.

އޭނާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ

އޭނާ މަރުވެފައި އޮއްވާ ފެނުނީ މާފަންނު ގެއެއްގެ ތިން ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއަކުން ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 11:33 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.