މޯލްޑިވްސް ޕޮލިސް ސާވިސް

އުސްފަސްގަނޑާ ދިމާ ކަނޑުމަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

އުސްފަސްގަނޑާ ދިމާ ކަނޑުމަތީގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ އުސްފަސްގަނޑާ ދިމާއިން ކަނޑުމަތީގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އުސްފަސްގަނޑާ ދިމާއިން ކަނޑުމަތީގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 5:06 ހާއިރު އެވެ.

"އެއީ ދިވެހި ފިރިހެނެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

އެ މީހާ މިހާރު ވަނީ އައިއެމްއެޗް އަށް ގެންގޮސްފައި ކަމަށާއި އައިޖީއެމްއެޗަށް ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލް އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.