ވިޔަފާރި

ޓީޓީއެމް ފެއާގެ އެސޯސިއޭޓް ޕާޓްނަރަކަށް މަޓީ

Nov 9, 2016

ދިވެހި ޕީއާރް ކުންފުންޏެއް ކަމަށްވާ "މޯލްޑިވްސް ގެޓަވޭސް" އިން ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ އެސޯސިއޭޓް ޕާޓްނަރަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) ހަމަޖައްސައިފި އެވެ.

ޓީޓީއެމްގެ އެސޯސިއޭޓް ޕާޓްނަރުގެ އެއްބަސްވުމުގައި މަޓީގެ ފަރާތުން ސޮއި ކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު އެވެ. އަދި ފެއާ އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމީން އަބްދު ރައްޒާގު އެވެ.

ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަކާއެކު، ބާއްވާ މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު / ޓޫރިސްޓު ހޮޓާތަކުގެ އިންވެރިން އަދި 50 ނޫސްވެރިންނާއި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރިވާނެ އެވެ.

މޯލްޑިވްސް ގެޓަވޭސްއިން ރިސޯޓުތަކަށް ހާއްސަ ފެއާއެއް އިންތިޒާމު ކުރިއިރު، 160 ގެސްޓް ހައުސް ވެރިންނާއެކު ދާދިފަހުން ގެސްޓް ހައުސް ކޮންފަރެންސް ވެސް ބާއްވާފައިވެ އެވެ.