އެމްއެންޑީއެފް

ކަނޑުގެ ސަރަހައްދު ބަލަހައްޓަން ދެ އުޅަނދެއް ގެނެސްފި

Nov 13, 2016
2

ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ބަންނަމުންދާ ފަސް އިންޓަސެޕްޓާ ކްރާފްޓްގެ ދެ އުޅަނދު ރާއްޖެ ގެނެސްފި އެވެ.

ހުކުރު ދުވަހު ރާއްޖެ ގެނައި މި ދެ އުޅަނދަކީ، މިއަހަރުގެ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހު ސްރީލަންކާގެ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު ޑިފެންސް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން ބަންނަން ފެށި އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ދެ އުޅަނދެވެ. މިއެއްބަސްވުމުގެ ދަށުން ސޯލާސް މެރިން ލަންކާ ކުންފުނީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް 15 މަސް ދުވަހުގެ ތެރޭގައި ފަސް އިންޓާސެޕްޓާ ކްރާފްޓް ފޯރުކޮށްދޭން ޖެހެ އެވެ.

ކޯސްޓްގާޑުގެ ޚިދުމަތަށް ގެންނަ އުޅަނދުތައް ބޭނުން ކުރާނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ކަންކަމުގައެވެ.