ވިޔަފާރި

"ހިޓާޗީ އޭސީ މާބޮޑަށް އަގުހެޔޮ ވެއްޖެ"

Mar 8, 2015
3

އެސްޓީއޯ އިން "ހިޓާޗީ އޭސީ މާބޮޑަށް އަގު ހެޔޮވެއްޖެ" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި މިއަދުން ފެށިގެން މެއި މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ހިޓާޗީ އެއާ ކޮންޑިޝަންގެ އަގުތައް ވަނީ ވަރަށް ބޮޑުތަން ހެޔޮކޮށްފަ އެވެ. އޭސީތަކުން 20 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ވެސް ލިބެ އެވެ.

އެ ކުންފުނީގެ ހިޓާޗި ސީނިޔަ ބްރޭންޑް މެނޭޖަރު އިބްރާހިމް ނަޖާހު ވިދާޅުވީ މި ޕްރޮމޯޝަން ބޭއްވުމުގެ މަގުސަދަކީ ހިޓާޗީ އޭސީ ކޮންމެ މީހަކަށް ވެސް ގަނެވޭނެކަން އަންގައި ދިނުން ކަމަށެވެ.

"މި ޕްރޮމޯޝަން މުޅިރާއްޖޭގައި ވެސް ކުރިއަށް ދާނެ. މިހާރު ވަރަށް އަގު ހެޔޮވާނެ،" ނަޖާހު ވިދާޅުވި އެވެ.

އެސްޓީއޯ އިން ހިޓާޗީގެ 900 ބީޓީޔޫ އިން ފެށިގެން 24،000 ބީޓީޔޫގެ އޭސީ ލިބެން ހުރެ އެވެ. އަދި މި އޭސީތަކަށް ދޮޅު އަހަރުގެ ވޮރަންޓީއެއް ދޭއިރު، މީގެ ކޮމްޕްރެސަރަށް ފަސް އަހަރުގެ ވޮރަންޓީއެއް ލިބެ އެވެ.