މޯލްޑިވްސް ކަސްޓަމްސް ސާވިސް

އޮކްޓޫބަރުގައި ކަސްޓަމްސްގެ އާމްދަނީއަށް 215 މިލިއަން ރުފިޔާ

Nov 14, 2016
  • އޮކްޓޫބަރުގައި އިމްޕޯޓު އިތުރު؛
  • އެކްސްޕޯޓު ކުރި މިންވަރުވެސް އިތުރު؛
  • އިމްޕޯޓު ޑިއުޓީ 3 ޕަސެންޓް މަތި

މިދިއަ އޮކްޓޯބަރުމަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގެ އަގު މި ދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 1 ޕަސެންޓް އިތުރުވެއްޖެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ އޮކްޓޯބަރ މަހު މި ޢަދަދުވަނީ 2.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު ހުސްވި އޮކްޓޯބަރ މަހު ތިން ޕަސެންޓް އިތުރުވެފަ އެވެ. މިދިއަ އޮކްޓޫބަރު މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 215 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބިފައިވަނީ 208 މިލިއަން ރުފިޔާ އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި މިދިއަ އޮކްޓޫބަރު މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 69 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު 217 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު މި އަހަރުގެ އޮކްޓޯބަރ މަހު އެ އަދަދު ވަނީ 366 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ.