ދުނިޔެ

ހަލަބުގެ ކުއްޖަކު އޮޕަރޭޝަންކުރި ގަޑީ ޤުރުއާން ކިޔަވައި އެތައް ބަޔަކު ރޮއްވާލައިފި

Dec 18, 2016
2

ސީރިޔާގެ ހަލަބުގެ ކުޑަކުއްޖަކު އޮޕަރޭޝަން ކުރާ ވީޑިއޯއެއް ދައްކުވައިދޭ ރިޕޯޓެއް ދާދި ފަހުން ތުރުކީގެ ޓީވީއަކުން ވަނީ އޮންއެއާ ކޮށްފަ އެވެ. މި ވީޑިއޯ ރިޕޯޓުގައި ފެނިގެންދަނީ ފަސް އަހަރުގެ ކުޑަކުއްޖަކު އޮޕަރޭޝަން ކުރާ މަންޒަރެވެ. ކުއްޖާ އައްސި ނުކޮށް، ހޭވެސް ނުނައްތާ ޑޮކްޓަރުން އޮޕަރޭޝަން ކުރަމުންދާއިރު މި ކުޑަކުއްޖާ ގެންދިޔައީ މެދުކެނޑުމެއް ނެތި ގުރުއާން ކިޔަވަމުންނެވެ. އެކުއްޖާ ވަނީ ވަނީ ހަލަބަށް ދިން ބޮމުގެ ހަމަލާއެއްގައި ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

މި ރިޕޯޓު ދައްކަން ފެށުމާއެކު ހަބަރު ކިޔަން އިންނަ ޕްރެޒެންޓަރަށް ވެސް ރޮވެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ރިޕޯޓު ދައްކަ ނިމުމުން އިތުރަށް ހަބަރު ކިޔަން އުނދަގުވާ ވަރަށް އޭނާއަށް ވަނީ އަސަރުކޮށްފަ އެވެ.

ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައިގައި ހަމައެކަނި ހަލަބުގެ 30 އަށްވުރެ ގިނަ ހޮސްޕިޓަލަށް ވަނީ ހަމަލާ ދީފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލްތަކަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ހޮސްޕިޓަލްތަަކަށް ފޮނުވުމަށް ސީރިއާ ސަރުކާރުން އަދި ރަޝިޔާގެ ހަނގުރާމަވެރިންވަނީ ހުރަސް އަޅާފަ އެވެ. އދ. އިންވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ހަލަބަށް ދީފައިވާ ހަމަލާތަކުގައި މިހާރު އެތައް ހާސް ކުޑަކުދިންނެއް މަރުވެފައިވާއިރު އެތައް ހާސް ކުދިންނެއް ވަނީ ޔަތީމުވެ ހާލުގައި ޖެހިފަ އެވެ.