ވިޔަފާރި

ސްޓާވޯޒް ބަލަން 150 ކަސްޓަމަރުންނަށް މެކްސްކޮމް ފުރުސަތުދީފި

Dec 19, 2016
  • ކަސްޓަމަރުންނަށް ފިލްމް ދެއްކީ ފުރަމަ ޝޯގައ
  • ސްޓާވޯޒް ދައްކަން ޝުވެކް އެއްކޮށް ނެގި
  • ރާއްޖޭގެ މުހިންމު މަންޒަރުތަކެއް ފެނިގެންދޭ

ރާއްޖޭގެ މެކްސްކޮމް ޓެކޮނޮލޮޖީސްގެ 150 ކަސްޓަމަރުންނަށް ހިލޭ ސްޓާވޯޒް ބެލުމުގެ ފުރުސަތު ދީފި އެވެ.

ރާއްޖޭގައި މުހިންމު މަންޒަރު ތަކެއް ހިމަނައިގެން ނަގާފައިވާ ސްޓާވޯޒްގެ އެންމެ ފަހުގެ ފިލްމު ބެލުމަށް މެކްސްކޮމްގެ 150 ކަސްޓަމަރުން ގެންގޮސްފައިވަނީ މި ފިލްމް ރިލީޒްވީ ދުވަހުގެ ފުރަތަމަ ޝޯ އަށެވެ.

މެކްސްކޮމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ވިދާޅުވީ އެ ކުންފުނީގެ އެންމެ ލޯޔަލް ކަސްޓަމަރުން ނަށް ހާއްސަ ދައުވަތެއް ދީގެން މި ޝޯވް އަށް ގެންދިއުމުގެ މަގުސަދަކީ ރާއްޖޭގައި މަންޒަރުތަކެއް ނަގާފައިވާ މިލްމް އަށް ވާތީ އެ ފިލްމު ބަލައިލުމުގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ.

މެކްސްކޮމް އިން ވަނީ ފުރަތަމަ ޝޯގެ ހުރިހާ ޓިކެޓެއް ބުކްކޮށްގެން އެ ކުންފުނީގެ ކަސްޓަމަރުން އުފާ ކޮށްދީފަ އެވެ. މިގޮތުން މި ޝޯވް އަށް ހާއްސަކޮށް ޝުވެކް ސިނަމާގެ ހުރިހާ ޓިކެޓެއް ވެސް ޕްރިންޓްކޮށްފައިވަނީ މެކްސްކޮމްގެ އިޝްތިހާރު ހިމަނައިގެންނެވެ.

ސްޓާވޯޒްގެ އެންމެ ފަހުގެ ފިލްމް "ރޯގް ވަން: އަ ސްޓާ ވޯޒް ސްޓޯރީ" ދުނިޔޭގެ ސިނަމާތަކުގައި މިހާރު ދަނީ ދައްކަމުންނެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ލ. ބަރެސްދޫ އާއި އެ އަތޮޅުގެ އެހެން ރަށްރަށުގަ އެވެ.

މެކްސްކޮމްގެ އިތުރުން ރާއްޖޭގެ އެލައިޑް އިންޝުއަރެންސުން ވެސް ވަނީ ކުއިޒެއް ބާއްވައިގެން 100 މީހުންނަށް ހިލޭ ސްޓާވޯޒް ބެލުމުގެ ފުރުސަތު ދީފަ އެވެ.