ދުނިޔެ

ރަޝިޔާގެ ފްލައިޓެއް ވެއްޓި 27 މީހުން މަރުވެއްޖެ

Dec 19, 2016

ރަޝިޔާގެ ޑިފެންސް މިނިސްޓްރީއަށް ނިސްބަތްވާ އައިއެލް - 18 ފްލައިޓެއް ވެއްޓި 27 މީހުން މަރުވެއްޖެ އެވެ.

މި ފްލައިޓް ވެއްޓުނީ ރަޝިޔާގެ ސައިބީރިއާ ޕްރޮވިންސްގެ ބުލުން ޑިސްޓްރިކްޓް ކައިރިއަށް ރިޕޯޓުތައް ބުނެ އެވެ. އޭރު ބޯޓުގައި 32 ފަސިންޖަރުން އަދި ހަތް ކްރޫއިން ތިބިކަމަށްވެ އެވެ. މި ހާދިސާގައި ސަލާމަތްވެފައިވަނީ ފަސް މީހުންނެވެ.

ބޯޓު ވެއްޓުމުގެ ސަބަބުން އަނިޔާވި މީހުން މިހާރުވަނީ އެސަރަހައްދުގައި ހުރި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ބޯޓު ވެއްޓެން މެދުވެރިވީ އެ ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުންނެވެ. މިމަހުގެ ތިން ވަނަ ދުވަހުވެސް ރަޝިޔާގެ ފްލައިޓެއް ވެއްޓި އެތައް ބަޔަކު މަރުވެފައިވެ އެވެ.

މިިދިޔަ މަހުގެ ތެރޭގައި ބްރެޒިލް ލީގުގެ ފުރަތަމަ ޑިވިޝަން ޓީމެއް ގޮވައިގެން ދަތުރުކުރި ފްލައިޓެއްވެސް ވަނީ ވެއްޓިފަ އެވެ.