ޖިންސީ ގޯނާ

ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

Dec 19, 2016
1

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި 44 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 18 އަހަރުން ދަށުގެ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ތ. މަޑިފުށިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް 14 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.