ޖިންސީ ގޯނާ

ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ބިދޭސީއަކު 10 އަރަށް ޖަލަށް

Jan 3, 2017
1

ނުވަ އަހަރުގެ ކުޑަ އަންހެން ކުޑަކުއްޖަކާމެދު ޖިންސީއަމަލެއް ހިންގި ބިދޭސީއަކު 10 އަހަރަށް ޖަލަށްލާން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ. ކުށް ސާބިތުވެގެން މިދިއަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެ ހުކުމް އައީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުހައްމަދު ކެރޮޮން ހޮސައިންގެ މައްޗަށެވެ.

ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ މިދިއަ އަހަރުގެ ފެބުރުއަރީގައި ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގައިގެނެވެ.

މެޖިސްޓްރޭޓް ކޯޓުން އެ ދައުވާ ބެލުމަށްފަހު ކުރި ހުކުމުގައި ބުނަނީ އޭނާ ތަހުގީގު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އިންކާރުކޮށްފައިވީ ނަމަވެސް ދައުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގާރީނާ އާއި ތަހުގީގާއި ޝަރީއަތަށް ދީފައިވާ ބަޔާނަށް ރިއާޔަތްކުރާއިރު، ކުދަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގައި ބަޔަންކޮށްފައިވާ ފަދަ ފަސް ބާވަތުގެ ހެކި ލިބިފައި ނުވި ނަމަވެސް އެ ނޫނުގެ ތިން ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޖިންސީ އަމަލެއް ކުޑަކުއްޖަކާ ހިންގާފައިވާކަން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ ޝައްކެނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ ކަމަށެވެ.