އުތުރު ކޮރެއާއިން ޓެސްޓް ކުރާ ނިއުކްލިއާ ބޮމުގެ އަސަރެއް އެމެރިކާގެ ބިމަކަށް ނުކުރާނެ ކަމަށް އެމެރިކާގެ ރައީސްކަމަށް އިންތިހާބުވެފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އާ އަހަރުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަމުން އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން ވިދާޅުވީ ވަރުގަދަ ނިއުކްލިއާ ބޮމެއް ހެދުމަށް ތައްޔާރު ވަމުންދާ ކަމަށެވެ.
ކިމްގެ މިވާހަކަތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ "އެކަން ނުވާނެ" ކަމަށެވެ.
އެމެރިކާއާ ދެކޮޅަށް އުތުރު ކޮރެއާއަށް ޗައިނާއިން މާލީ އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށް އެމެރިކާގެ ބައެއް މީޑިއާތަކުން ފެތުރި ޚަބަރާ ގުޅިގެން ޓްރަމްޕް ވިދާޅުވީ ޗައިނާގެ މަސްލަހަތުތައް އެމެރިކާގެ އެތެރޭގައި އެބަހުރި ކަމަށާއި ޗައިނާއިން އެމެރިކާއާ ދެކޮޅަށް ފައިސާ ހަރަދު ކުރާކަން ގަބޫލު ނުކުރެވޭ ކަަމަށެވެ.
"ޗައިނާއިން ދަނި އެމެރިކާއިން ބޮޑެތި އަދަދު ތަކުން އާންމުދަނީ ހޯދަމުން އެއީ ހަމަ އެއްސައިޑްގެ ވިޔަފާރިތަކެއް އުތުރު ކޮރެއާއިން ޗައިނާ އިން ހަރަދު ކުރާކަމަށް ނުބުނެވޭނެ"
ޓްރަމްޕގެ ދައުރުގައި އުތުރު ކޮރެއާގެ މައްސލައަކީ އޭނާ އަށް ކުރިމަތިވާނެ އިތުރު ބޮލުގެ ރިހުމެކެވެ. ޓްރަމްޕްގެ ރިޔާސީ ދައުރު ޖެނައަރީ އަށެއްގައި ފަށާއިރު މިހާރުވެސް އިސްރާއީލްގެ މައްސލަ އޮތީ އެމެރިކާ އަށް ހައްލު ކުރަން ޖެހިފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕގެ ދައުރު އުނދަގުލަކުން ފެށުމަކީ މިހާރު ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާތީން ރާވައިގެން ކުުރާ ކަންކަމެވެ.