ސިއްހަތު

އާދަޔާ ހިލާފަށް ފަލަވާ މީހުން އިތުރުވަނީ!

Jan 6, 2017

ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި "އޯވަ ވެއިޓް ވުމަށް ވުރެ" "އަންޑަވެއިޓް" ވުން ވެސް ސިއްހަތަށް މާ ރަނގަޅެވެ. މީގެ މާނައަކީ އަނެއްކާ ބަރުދަން ހުންނަން ޖެހޭ ވަރަށްވުރެ ދަށްވުމަކީ މައްސަލައެއް ނޫނެއްނޫނެވެ. ބަރުދަން އަބަދުވެސް ހުންނަން ޖެހޭނީ މީހާގެ އުމުރާއި އެއްވަރަށް ރަނގަޅު މިންވަރެއްގަ އެވެ.

ނަމަވެސް ދުނިޔޭގެ އާބާދީގެ 76 ޕަސެންޓް މީހުންނަކީ "އޯވާ ފެޓް" ނުވަތަ އާދާޔާ ޚިލާފަށް ފަލަ މީހުން ކަމަަށް އޮސްޓްރޭލިއާގެ އެމްއޭއެފްއެފް ފިޓްނެސް އިން ކޮށްފައިވާ ދިރާސާގައި ބުނެފައިވެ އެވެ. އަދި މިއީ ހުރިހާ ބައްޔެއްގެ ފެށުން ކަމަށް ވެސް އެދިރާސާގައި ބުނެފައިވެ އެވެ.

މިއީ ހިތުގެ ބަލިތައް ޖެހޭ މީހުންގެ އަދަދު އިތުރުވާ އެއް ސަބަބު ކަމަށާއި އަދި ތަފާތު ބަލިތައް ޖެހިގެން މީހުން އަތުން ކޮންމެ އަހަރަކު ބޮޑު ހޭދައެއް ކުރަންޖެހޭ ސަބަބު ކަމަށް ވެސް އެދިރާސާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ވެސް އާދަޔާ ޚިލާފަށް ބަނޑު ބޮޑުވުން (އޮބޭސިޓީ) ގެ މައްސަލަ ވެސް ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ. އަދި މިއީ ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެއްކަން އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

އާދަޔާ ޚިލާފަށް މީހާ ފަލަވާން ދިމާވާ ސަބަބު ތަކުގެ ތެރޭ އަހަރެމެންގެ އާންމު ދިރިއުޅުން ހުންނަ ގޮތާއި ކެއުންބުއިމުގެ އާދަތަށް ބޮޑު ދައުރެއް އާދަކުރެ އެވެ. އަދި މިއީ ގިނަ ބަލިތަކެއްގެ ޝިކާރައަށް މީހާ ހަދާ މައިގަނޑު ސަބަބެވެ.

ފަލަވުން ނުވަތަ އޯވަ ވެއިޓް ގެ މައްސަލަ މުޅި ދުނިޔޭގެ ހުރިހާ ގައުމަކަށް ދިމާވެފައިވާއިރު، ދިވެހިންގެ މުޖުތަމައުގައި ވެސް މިއީ މާބޮޑު ސަމާލުކަމެއް ނުދޭ ބޮޑު މައްސަލަ އެކެވެ. ބޮޑެތި މީހުންގެ އިތުރުން ކުޑަކުދިންގެ މެދުގައި ވެސް އާދަޔާ ޚިލާފަށް ފަލަވުމުގެ މައްސަލަ ބޮޑެވެ.

އަދި ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތައް މި ކުޑަ މުޖުތަމައަށް ފާވެގެން އުޅެނީ ވެސް އަހަރެމެންގެ އާންމު ދިރިއުޅުމުގައި ސިއްހަތާއިމެދު ފަރުވާކުޑަކުރުން ބޮޑުވުމުން ގޮހެވެ. ހާއްސަކޮށް ކެއިންބުއިމުގައި ގެންގުޅޭ އާދަ ހިމެނެ އެވެ.