ދުނިޔެ

ޓްރިވެންޑްރަމްގައި އިމާރާތެއްގެ މަސައްކަތު އުޅުނު މީހަކު ދިރިހުއްޓާ ވަޅުލެވިއްޖެ

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ވެރިރަށް ތުރިވަނަންތަޕޫރަމްގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ސަރަހައްދެއްގައި މީހަކު ދިރިހުއްޓައި ވަޅުލެވުމުގެ ސަބަބުން މަރުވެއްޖެ އެވެ.

ތިރުވަނަންތަޕޫރަމްގެ ފުލުހުންނާ ހަވާލާދީ ދަ ހިންދޫ ނޫހުން ބުނީ ގަނޭޝް ކުމާރު އަލިއާ ދިލީޕް ނަމަކަށް ކިޔާ އުމުރުން 46 އަހަރުގެ އެމީހާ ވަޅުލެވުނީ އިމާރާތްކުރާ ސައިޓުގައި އޭނާ ކޮންނަމުންދިޔަ ވަޅުގަނޑެއްގައި ކިސަޑަު ހެދި ބިންގަނޑު ކަނޑައިގެން ދިއުމުން ކަމަށެވެ.

އިއްޔެގެ މެންދުރުފަހު އެކެއް ޖަހާކަށްހާއިރު އެ ހާދިސާ ހިނގީ އިމާރާތުގެ ބިންގަރާސް ހެދުމަށް ކުރަމުން ދިޔަ މަސައްކަތެއްގައި ގަނޭޝް ކުމާރު އުޅެނިކޮށެވެ. ވަޅު ލެވުނު އިރު އޭނާ ކޮންނަމުން ދިޔަ ވަޅުގަނޑު 10 ފޫޓަށް ފުންކޮށްފައިވާ ކަމަށާއި އޭނާ ވަޅުލެވުނީ އިމާރާތް ކުރުމަށް ބޭނުންކުރާ ދަގަނޑުތަކަކާއި މަސައްކަތް ކުރާ ބައެއް ސާމާނާވެސް އެކުގައެވެ.

ގަނޭޝް ކުމާރު ހުރި ދިމާލުން ބިންގަނޑު ކަނޑައިގެން ދިއުމުން އޭނާ ސަލާމަތް ކުރެވޭތޯ އޭނާއާއެކު އެވަގުތު މަސައްކަތުގައި ތިބި ތިން މީހަކު މަސައްކަތް ކުރިއެވެ. ތިރުވަނަންތަ ޕޫރަމްގެ ފުލުހުން މިހާރު އަންނަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.