ދުނިޔެ

ސީއެންއެން އަށް ޓްރަމްޕް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި

Jan 11, 2017
1

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެފައިވާ ޑޮނަލްޑް ޓްރަމްޕް އެ ގައުމުގެ ވަރުގަދަ ނިއުސް އެޖެންސީ، ސީއެންއެންއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ޓްރަމްޕް ފުރަތަމަ ފަހަރަށް ބޭއްވި ނޫސްކޮންފަރެންސްގައި ވިދާޅުވީ ސީއެންއެންއެން އިން ފަތުރަނީ " ފޭކް ނިއުސް" ކަމަށެވެ.

އޭނާ އެހެން ވިދާޅުވުމުން އެ ނޫސް ކޮންފަރެންސަށް ގޮސް އިން ސީއެންއެންގެ ނޫސްވެރިޔާ ޖިމް އެކޯސްޓާ އެކަމާ ވަރަށް ބޮޑަށް އިހުތިޖާޖު ކުރުމަށް ފަހު ސުވާލެއް ކުރަން އެދުމުން ޓްރަމްޕް ވަނީ އޭނާއަށް ފުރުސަތު ވެސް ނުދެއްވާފަ އެވެ.

ޓްރަމްޕާއި އެކޯސްޓާގެ ޒުވާބަށް ފަހު ޓްރަމްޕްގެ ތަރުޖަމާނު ސީންސް ސްޕައިސާ އެކޯސްޓާއަށް އިންޒާރު ދެއްވި ކަމަށް ސޯޝަލް މީޑިއާގައި ބައެއް ނޫސްވެރިން ވަނީ ބުނެފަ އެވެ.

ޓްރަމްޕް ސީއެންއެންއާ ބެހޭ ގޮތުން ނޫސްކޮންފަރެންސްގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން ސީއެންއެން އިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ އޮޕަރޭޝަންތަކާ ބެހޭ ގޮތުން އެ އެޖެންސީން ރިޕޯޓްކޮށްފައިވާނީ ފަރުވާތެރިކަމާއެކު ކަމަށާއި ބޮޑެތި އެހެން އެޖެންސީތަކުން ވެސް ރިޕޯޓްކޮށްފައިވާ ގޮތަށް ކަމަށެވެ.

ޓްރަމްޕްގެ ޓީމުން ސީއެންއެންގެ ރިޕޯޓްކުރުމާއި މެދު އެހާ ބޮޑަށް ފާޑުކިޔާފައި ވާތީ ގޯސްކޮށް ރިޕޯޓްކޮށްފައި ވަނީ ސީދާ ކޮން މައުލޫމާތެއްކަން ބަޔާން ކޮށްދިނުމަށް ހިތްވަރުދޭ ކަމަށް ވެސް ސީއެންއެންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ނޫސްކޮންފަރެންސްގައި ޓްރަމްޕް ސީއެންއެންއަށް ފާޑުވިދާޅުވެ ވާހަކަފުޅު ދެއްކެވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރަޝިޔާއިން ހެކްކުރި ކުރުމާއި މެދު ތައްޔާރުކޮށްފައިވާ އިންޓެލިޖެންސް އެޖެންސީން ޓްރަމްޕަށް މައުލޫމާތު މައުލޫމާތު ދިން ކަމަށް ބުނި އިރު ރިޕޯޓްކޮށްފައިވާ ގޮތާއި މެދުގަ އެވެ.