ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ހައްޔަރުކޮށްފައި ވަނީ މުޅިން ވެސް ދިވެހިންނެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން އެކަކު ހައްޔަރު ކުރީ މަސްތުވާތަކަތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިދިއަ ހޯމަ ދުވަހު ކަމަށާއި އޭގެ ތެރޭގައި ހިމެނޭ ދެ މީހަކު ހައްޔަރު ކުރީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އަންގާރަ ދުވަހު ކަމަށެވެ.
އަދި އަނެއް މީހާ ހައްޔަރު ކުރީ މަސްތުވާތަކެތި ހިފައިގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަމަ އެދުވަހު ކަމަށެވެ.