މަސްތުވާތަކެތި

ރެސްޓޯރެންޓެއްގައި ބަނގުރާ ބޯން ތިބި 11 މީހަކު ހައްޔަރުކޮށްފި

Jan 14, 2017
2

އަމީނީމަގުގައި ހުންނަ "ލެ ޖިންޖާ" ރެސްޓޯރެންޓުގައި ބަނގުރާ ބޯން ތިބި ކަމުގެ ތުހުމަތުގައި ރޭ 11 މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، އެމީހުން ހައްޔަރުކުރީ ރޭ ގާތްގަނޑަކަށް 11:45 އެހާކަންހާއިރު ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށާއި މިހާރު ހައްޔަރުގައި ތިބި އަށް މީހުންގެ ތެރޭގައި 17 އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމީހުން ހައްޔަރު ކުރުމަށް ފުލުހުން އެތަނަށް ވަނުމުން ބަނގުރާ އަޅާފައިހުރި ތަށިތައް ތަޅާލާފައިވާ ކަމަށެވެ. އަދި ބަނގުރާ ހުރި ފުޅިތައް ވެސް އުކާލާފައިވާ ކަމަށެވެ.

ރޭ މިފަދަ ކަމެއްގައި ގިނަ އަދަދެއްގެ މީހުން ހައްޔަރުކުރިއިރު މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ރެސްޓޯރެންޓްތަކުން މީހުން ހައްޔަރުކޮށްފައިވެ އެވެ.