ސްރީލަންކާ

އިންޖީނު އުޅަނދުގައި ނުކުމެ ދާ އަޅައިގެން ކުރާ މަސްވެރިކަން ލަންކާގައި މަނާކުރަނީ

ސްރީލަންކާގެ ކަނޑުގެ ސަރަހައްދުގައި ދާ އަޅައިގެން ކުރާ މަސްވެރިކަމުގައި އިންޖީނު އުޅަނދު ބޭނުން ކުރުން މަނާ ކުރަން އެގައުމުގެ ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

ލަންކާގެ ސަންޑޭޓައިމްސް ނޫހުން ބުނީ ދާ އެޅުމުގައި އިންޖީނުލީ އުޅަނދު ބޭނުންކުރުން މަނާ ކުރަންމަސްވެރިކަމާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް އެގައުމުގެ މިނިސްޓަރް އޮފް ފިޝަރީޒް އެންޑް އެކްއަޓިކް ރިސޯސަސް މަހިންދާ އަމަރަ ވީރާ އެގައުމުގެ ޕާލަމެންޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެ ނޫހުން ބުނީ އެކަން މަނާކުރުމަށް ޓަކައި ލަންކާގެ މަސްވެރިކަމާބެހޭ ގާނޫނުގެ ދެވަނަ މާއްދާއަށް ބަދަލު ގެނައުމަށް ޕާލަމެންޓަށް ހުށަހަޅަން ނިންމީ ކެބިނެޓްގައި ވެސް އެކަމާބެހޭ ގޮތުން މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ.

އަޑިއަށް ދާ ފައްތައިގެންނާއި ބޯޓްގައި ޖަހައިގެން ދާ ދެމުމަކީ ލަންކާގެ މަސްވެރިން އެންމެ އާއްމުކޮށް ކުރާ މަސްވެރިކަމުގެ ބާވަތެވެ.
އެ މަސްވެރިކަމަށް އިންޖީނުލީ އުޅަނދުތަކުގައި ގޮސް އެގޮތަށް ދާ އަޅައިގެން މަސްވެރިކަން ކުރުން މަނާ ކުރުމަށް ލަންކާ ސަރުކާރުން ނިންމާފައި ވާއިރު އަވަށްޓެރި އިންޑިއާ ސަރުކާރުން ވެސް ވަނީ އެގޮތަށް ނިންމާފަ އެވެ.