މީރާ

ދިހަ މިލިއަނަށްވުރެ މަދު އާމްދަނީ ލިބޭ ނަމަ އޮޓިޑް ރިޕޯޓް ބޭނުމެއް ނޫން: މީރާ

Jan 19, 2017

ދިހަ މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުން އޮޓިޑް ރިޕޯޓް ހުށަހަޅަން ނުޖެހޭގޮތަށް މީރާއިން ހަމަޖައްސައިފި އެވެ.

މީރާއިން ބުނީ 10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތައް، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ)ގެ ބަޔާން ހުށަހަޅާއިރު މީރާއަށް އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭ ގޮތަށް އެ އޮތޯރިޓީން މިހާރު ހަމަޖައްސާފައިވާ ކަމަށާއި ކުރިން މި ލުއި ދީފައިވަނީ 5 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް ކަމަށެވެ.

މީރާއިން މިއަދު ނެރުނު ޓެކްސް ރޫލިންގައިވާ ގޮތުން، ޓެކްސް އަހަރު 2015 ގައި ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ މަދުން ލިބުނު ފަރާތްތަކުން، ވިދިގެން އަންނަ އެއްވެސް ޓެކްސް އަހަރެއްގައި އެ އަދަދު 10 މިލިއަނަށްވުރެ އިތުރު ނުވާނަމަ، އެ އަހަރަކަށް މީރާއަށް އޮޑިޓް ރިޕޯޓެއް ހުށަހަޅާކަށް ނުޖެހޭނެ އެވެ. މިއީ، ކުދި ވިޔަފާރިތަކަށް މީރާއިން ދެމުން ގެންދާ ލުއިތަކުގެ ތެރެއަށް އިތުރުވި ބައެކެވެ.

މީގެ އިތުރުން، މި ރޫލިންގައި، ޓެކްސް ދައްކާ ފަރާތްތަކުގެ ގިންތިއަށާއި އޮޑިޓަރުން މީރާގައި ރަޖިސްޓަރީ ކުރުމުގައި އަމަލު ކުރަމުންދާ އުސޫލަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.