މީރާ

މީރާ އިން "ހޭވައްލާ" ފަށައިފި

Jan 21, 2017

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިސްވެ "ހޭވައްލާ - ސާފު ކުރަމާ" ގެ ނަމުގައި އިންތިޒާމުކުރި މާލެ ސާފު ކުރުމުގެ މާލޭގައި ކުރިޔަށް އެބަދެ އެވެ.

މީރާގެ "ހޭވައްލާ –ސާފުކުރަމާ" ހަރަކާތް މިއަދު ފެށި އިރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މިނިވަން މުއައްސަސާ ތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ސްކޫލުތަކާއި ކޮލެޖުތަކުން ހާހަކަށްވުރެ މީހުން ނުކުމެދަނީ ތަންތަން ސާފު ކުރަމުންނެވެ.

މި ހަރަކާތުގައި މަގުތަކާއި އާންމު ތަންތަނަށް ސާފު ކުރުމާއެކު އެފަދަ ތަންތަނަށް ކުނި އެޅުމުގެ އާދަ ހުއްޓުވުމުގައި ފަރުދީ ޒިންމާއެއް އޮތްކަން ހަނދާން ކޮށްދީ ދިރިއުޅޭ ވެއްޓަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ހޭލުންތެރި ކުރުވާނެ އެވެ.

މީރާގެ "ހޭވައްލާ" ފައްޓަވައި ދެއްވީ ތިމާއްވެއްޓާބެހޭ މިިނިސްޓަރު ތޯރިގު އިބްރާހީމެވެ. އޭނާ ވަނީ ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމާއި ކުނި ނައްތާލުމުގައި ހުރިހާ އެންމެންގެ ފަރުދީ ޒިންމާ އަދާކުރަން މިއަދު އިލްތިމާސް ކުރައްވާފަ އެވެ.

މިއީ މީރާ އިން ކޮންމެ އަހަރަކުވެސް އިޖުތިމާއާި ޒިންމާގެ ތެރެއިން މިފަދަ އިވެންޓްތައް ރާވަ އެވެ.