ދުނިޔެ

ޕާކިސްތާނުގައި ބޮމެއް ގޮވައި 21 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ގަބީލާތައް ދިރިއުޅޭ އެކަހެރި ސަރަހައްދެއް ކަމަށްވާ ކުއްރާމްގެ ކާރޫބާރޫ ބޮޑު ބާޒާރެއްގައި ބޮމެއް ގޮވައި މަދުވެގެން މީހުން މަރުވެއްޖެ އެވެ.

އަފްޣާނިސްތާނާ ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ކުއްރާމްގައި ހިނގި އެހާދިސާގައި 40 އަށް ވުރެ ގިނަ މީހުން ޒަހަމްވެސް ވި ކަމަށް އެ ސަރަހައްދުގެ ނެޝަނަލް އެސެމްބްލީ މެމްބަރެއް ކަމަށްވާ ސާޖިދު ހުސައިން ތޫރީ ރޮއިޓާސް އަށް ބުނެފައި ވެއެވެ.

ޓޫރީ ވިދާޅުވެފައި ވަނީ ކުއްރާމް ސަރަހައްދުގެ މައިރަށް ޕަރަޗިނަރުގެ ބާޒާރުގައި ގޮވީ ޓޮމާޓޯތަކެއްގެ ތެރޭގައި ބާއްވާފައި އޮތް ބޮމެއް ކަމަށެވެ.
ޕާކިސްތާނު ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން އެސަރަހައްދުގައި ފަހަކަށް އައިސް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި އެސަރަހައްދަކީ ޝިޔައީންނާއި ސުންނީނާ ދެމެދުގައި ވެސް ތަޅައިފޮޅުންތައް ހިނގަމުންދާ ސަރަހައްދެކެވެ.

އޭނާ ވިދާޅުވެފައި ވަނީ މަރުވި އެންމެން ވަޅުލުމަށް ޓަކައި ބޮޑު ޖަނާޒާއެއް ބާއްވާ އޭގެ ފަހުން އެހަމަލާއާ ދެކޮޅަށް މުޒާހަރާ ކުރުމަށް އެ ސަރަހައްދުގެ މީހުން ނިންމާފައިވާ ކަމަށެވެ.