މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސް އޮފިސަރުންނަށް ހުވާލައިދީފި

Jan 29, 2017

ކަސްޓަމްސްގެ ވަޒީފާއާ އަލަށް ގުޅުނު 22 މުވައްޒަފަކު ކަސްޓަމްސް އޮފިސަރުންގެ ހުވާ ކޮށްފި އެވެ. މިދިޔަ ބުދަ ދުވަހު ކަސްޓަމްސްގެ ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި އޮފިސަރުންނަށް ހުވާ ލައިދެއްވީ ސިވިލްކޯޓްގެ އިސް ގާޒީ އަބްދުﷲ އަލީ އެވެ.

އޮފިސަރުން ހުވައިކުރަން ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފްގެ އިތުރުން ކަސްޓަމްސްގެ ވެރިން ބައިވެރިވަޑައިގެންނެވި އެވެ. ހުވާ ލައިދެއްވުމަށް ފަހު ހުވާގެ މުހިއްމު ކަމާއި ހުވާގެ މަތީގައި ދެމިތިބުމުގެ މައްޗަށް އިސް ގާޒީ އަބްދުﷲ އަލީ އޮފިސަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

އަލަށް ކަސްޓަމްސް ވަޒީފާއާ ގުޅުނު އޮފިސަރުން ވަނީ 2016 ސެޕްޓެމްބަރ އިން ޑިސެމްބަރު މަހުގެ ނިޔަލަށް ކަސްޓަމްސް އެކަޑަމީގެ ފަރާތުން ހިންގި ކަސްޓަމްސް ސްޓަޑީޒް ކޯސް ފުރިހަމަކޮށްފަ އެވެ.