ދިރާގު ނެޓްވޯކް ބޭނުން ކުރާނަމަ ހަ މަސް ދުވަހުގެ ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް މޮބައިލް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުުޅުވާލައިފި އެވެ.
ދިރާގުން ބުނީ ކަސްޓަމާ މިހާރު ބޭނުން ކުރާ ނަންބަރު ބަދަލު ކުރުމަލާ ނުލައި ދިރާގު ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް ޚިދުމަތް ހޯދޭނެ ކަމަށާއި މި ޕްރޮމޯޝަނުގައި ދިރާގު މޮބައިލް ޕޯސްޓްޕެއިޑް ނެގުމުން ހަމަސް ދުވަސް ވަންދެން ދެ ޖީބީ ގެ ޑޭޓާ ހިލޭ ލިބޭއިރު ތިން މަސް ދުވަސް ވަންދެން މަހު ފީ އިން 25 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
ދިރާގު މޮބައިލް ޕްރީޕެއިޑް ނަގާ ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހަކު އެއް ޖީބީ ޑޭޓާ ހިލޭ ލިބެ އެވެ.