ޕްރޮމޯޝަން

ހިޓާޗީ އޭސީއެއް ގަނެގެން ދުބާއީއަށް ދެވޭ ޕްރޮމޯޝަނެއް

Feb 12, 2017

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ވިއްކާ ހިޓާޗީ ބްރޭންޑްގެ އޭސީ އަގުހެޔޮކޮށް "ހަމަ ހިޓާޗީ" ނަމުގައި ހަ މަސްދުވަހުގެ ޕްރޮމޯޝަންއެއް އެސްޓީއޯގެ ހޯމް އިމްޕްރޫވަމަންޓުން މިއަދު ފަށައިފި އެވެ.

އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައި މިޕްރޮމޯޝަން އަންނަ ހަފްތާއިން ފެށިގެން ކުރިޔަށް ދާނެ އެވެ. މިދިޔަ ހަފްތާގައި ވަނީ ހިޓާޗީ ބްރޭންޑް އެންބެސެޑަރަކަށް ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް ހަމަޖައްސައިފަ އެވެ.

އެސްޓީއޯއިން ބުނީ، މިޕްރޮމޯޝަންގައި އޭސީއެއް ގަންނަ ކޮންމެ ކަސްޓަމަރަކަށްވެސް ކޫޕަންއެއް ދޭނެ ކަމަށެވެ. ކޮންމެ މަހަކު ލަކީޑްރޯ އިން އެއްވަނައަށް ހޮވޭ ފަރާތަކަށް އިތުރު މީހަކާ އެކު ދުބާއީ އަށް ދިޔުމުގެ ފުރުސަތުލިބޭނެ އެވެ. މިފުރުސަތުގައި ދެކޮޅު ޓިކެޓް، ވިސާ، ހުރުން ހިލޭ ލިބޭނެ އެވެ.

މީގެ އިތުރުން ވަރަށްގިނަ އިވެންޓް ތަކެއް މިޕްރޯމޯޝަންގެ ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. މީގެ ތެރެއިން ފާހަގަ ކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި "ދަނގަޑޭ ޗެލެންޖް"، ސޯޝަލްމީޑިއާ ވީޑިއޯ ކެންޕެއިން އަދި އެކިއެކި ސީއެސްއާރް އިވެންޓްތައް ހިމެނެ އެވެ.

މިޕްރޮމޯޝަންއާ އެކީ އެސްޓީއޯ ހޯމްއިންޕްރޫވްމަންޓް އެންްޑް ސާވިސް ސެންޓާއިން ދެމުންގެދާ އާފްޓާ ސޭލްސް ސާވިސް ވެސް އިތުރަށް ހަރުދަނާކުރާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެގޮތުން އޭސީ އަށް ދިމާވާ މައްސަލަތަކުގައި ގުޅަން ހާއްސަ ހޮޓްލައިންއެއް ތައާރަފް ކުރަން ވަނީ ނިންމައިފަ އެވެ.

ކުރިއެކޭ އެއްފަދައިން މިޕްރޮމޯޝަންގެ ތެރޭގައި ގަންނަ އޭސީތަކަށް ވެސް 18 މަސްދުވަހުގެ ފުލް ރިޕްލޭސްމަންޓް ވޮރަންޓީ އަދި ކޮަންޕްރެސާ އަށް ފަސް އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެ އެވެ. އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއަކީ ރާއްޖޭގެ ހިޓާޗީ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.