ހަބަރު

ކޯޓުގެ ހުރުމަތް ކަނޑައިގެން ޖަލަށްލި 100 އަހަރުގެ އަންހެނަކު މިނިވަންކޮށްފި

ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ކެންޔާގައި މިދިޔަ ހަފުތާގައި 100 އަހަރުގެ އަންހެނަކު ޖަލަށް ލުމުން، އެކަމާ ދެކޮޅަށް ގައުމީ ކެމްޕޭނެއް ހިންގުމާ އެކު އޭނާ މިނިވަންކޮށްފި އެވެ.

މި މީހާ ޖަލަށްލީ ބިމުގެ މައްސަލައެއްގައި ޖޫރިމަނާގެ ގޮތުގައި 100،000 ކެންޔާ ޝިލިން (1000 ޑޮލަރު) ދެއްކުމަށް ކޯޓުން ކުރި ހުކުމަކަށް ތަބާ ނުވުމުންނެވެ.

މި މީހާ ޖަލަށް ލުމުން އެކަމާ ދެކޮޅަށް މުޅި ގައުމު ވަނީ ތެދުވެފަ އެވެ. އޭނާ މިނިވަންކޮށްފައި ވަނީ ނައިރޯބީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ޖޫރިމަނާ ފައިސާ ދައްކައިދިނުމުންނެވެ. އަދި މި މެންބަރު ވަނީ ތިން މަސް ދުވަހަށް ޖަލަށްލީ މީހާ ހަފުތާއެއްގެ ތެރޭގައި މިނިވަން ކުރުމާ އެކު އެ މީހާ ބެލެހެއްޓުމަށް ވެސް ބަޔަކާ ހަވާލުކޮށްފަ އެވެ. –ބީބީސީ