ވިޔަފާރި

ތިލަފުށީ ބިންތަކަށް ބިޑް ހުށަހަޅުމުގެ މުއްދަތު މާދަމާގެ ނިޔަލަށް!

Feb 25, 2017
2

ތިލަފުށިން ސިނާއީ މަސައްކަތްތަކަށަށް ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހަޅަން ދިން މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ތިލަފުށި ކޯޕަރޭޝަން (ޓީސީއެލް) އިން ބުނީ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީއައިޒެޑް) ސަރަހައްދުން ގުދަން ކުރުމާއި ސިނާއީ މަސައްކަތްތަކަށް ބިންކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ސެކިއުރިޓީ ދައްކަން ދިން މުއްދަތު މިމަހުގެ 26 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. މި ގޮތުން ބިޑް ސެކިއުރިޓީ ދައްކަން ދާން ޖެހޭ ގަޑިއަކީ ހެނދުނު 9:00 އިން 12:00 އާއި އަދި މެންދުރު 12:00 އިން 15:00 އަށް ކަމަށެވެ.

ޓީސީއެލް އިން ބުނީ މި ބީލަމަށް ކުރިމަތިލީ ފަރާތްތަކުގެ ބިޑްތައް ހުޅުވުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުގެ 13:30 ގައި ސްޓެލްކޯ އޮޑިޓޯރިއަމްގެ 5 ވަނަ ފަންގިފިލާ ގައި ކަމަށެވެ.

ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ތިލަފުށިން ބިންކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް 1،385.00 އަކަފޫޓާއި 20،067.00 އަކަފޫޓާއި ދެމެދުގެ 40 ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މި ބިންތައް ދޫކުރަނީ 25 އަހަރަށެވެ.