ދުނިޔެ

ހަނދު ވަށައި ބުރު ޖެހުމުގެ ފުރުސަތު ދެ ޓޫރިސްޓަކަށް

އެމެރިކާގެ އަމިއްލަ ޖައްވީ އުޅަނދު އުފައްދާ ކުންފުންޔެއް ކަމައްވާ "ސްޕޭސް އެކްސް" އިން ދެ ފަތުރުވެރިއަކު 2018 ގެ ފަހު ކޮޅު ޖައްވަށް ފޮނުވުމަށް ނިންމައިފި އެވެ.

މި ދަތުރު ގެ ހުރިހާ ހަރަދެއް ކުރަނީ، ނަން ހާމަ ކުރަން ބޭނުން ނުވާ މި ދަތުރު ގައި ބައިވެރިވާ ދެ ފަރާތުންނެވެ. އެ ގޮތުން މި ދަތުރަށް ދާ ހަރަދު ތަކުގެ ބޮޑު ބައެއް މިހާރު ދައްކާފައި ވާ ކަމަށް އެކުންފުނީގެ ސީއީއޯ އެލޮން މަސްކު ވަނީ ބުނެފަ އެވެ.

ހަނދު ވަށާ ބުރެއް ޖެހުމައް ފަހު މީގެ ކުރިން ޖައްވުގެ ތެރެއަށް އިންސާނަކު ނުދާ ބާރުމިނެއްގައި ޖައްވު ގެ ތެރެއައް މި އުޅަނދު ދަތުރުކުރުމަށް ވަނީހަމަޖެހިފަ އެވެ. އަދި މިދަތުރު ގައި މި އުޅަނދު ހަނދަށް ނުޖައްސާނެކަމަށް އެ ކުންފުނީގެ ސީއީއޯ ނޫސްވެރިންނާ ބައްދަލުކޮށް ބުނެފައިވެ އެވެ. މިދަތުރުގެ ބައިވެރިން ޖައްވުގައި ހަފްތާ އެއް ހޭދަ ކުރަން ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރަށް ތައްޔާރުވުމަށް އެމެރިކާގެ "ނާސާ ސްޕޭސް އެޖެންސީ" އިން ދެމުން އަންނަ އެއްބާރުލުމައް މަސްކު ޝުކުރުވެރިވެ، މިފަދަ ކަމެއް ނާސާ ގެ އެހީ އާނުލާ ކާމިޔާބުނުވާނޭކަމަށް ބުނެފައިވެ އެވެ.

މި ދަތުރުގައި ވޭތުވެދިޔަ 45 އަހަރު އިންސާނަކު ޖައްވުގެ ތެރެއަށް ނުދާހާ ދުރުމިނަށް ދިޔުމަށް ވަނީހަމަޖެހިފަ އެވެ.