ދުނިޔެ

ޗައިނާ- އިންޑިއާ ސިފައިން ގަލުގެ ހަމަލާތަކެއް ބަދަލުކޮށްފި

އިންޑިއާއާއި ޗައިނާއާ ދެމެދު އަރައިރުން އުފެދިފައިވާ ލަޑަކް ބޯޑަރުގައި ދެގައުމުގެ ސިފައިން އޮއްގަލުގެ ހަމަލާތަކެއް ބަދަލުކޮށްފިއެވެ.

ނިއުކްލިއަ ހަތިޔާރު ހުރި އެ ދެގައުމުގެ ސިފައިން އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް ގާއުކީ އިންްޑިއާއިން އެގައުމުގެ ސަރަހައްދެއް ކަަަމަށް ބަލާ ސަރަހައްދަކަށް ޗައިނާ ސިފައިން ވަންނަން އުޅުމުން ކަމަށް ދަ ހިންދޫ ނޫހުން ބުންޏެވެ. އެނޫހުން ބުނީ ޕެންގޮން ލޭކްގެ އައްސޭރީގައި ހިނގި އެހާދިސާގައި ދެގައުމުގެ ބައެއް ސިފައިންނަށް ކުދިކުދި އަނިޔާތަކެއް ވި ކަމަށެވެ.

އިންޑިއާ ސިފައިންްނާ ހަވާލާދީ ނޫހުން ބުނީ އިއްޔެ ހެނދުނު 6.00 އާއި 9.00 އާ ދެމެދު ޗައިނާ ސިފައިން ދެފަހަރެއްގެ މަތިން އިންޑިއާގެ ސަަރަހައްދަށް ވަންނަން އައި ކަމަށެވެ. ވަންނަން ދިމާކުރުމުން އިންޑިއާ ސިފައިން އިންސާނީ އައްޑަނައެއް ރުކުރުވައިލި ކަމަށާއި އެހިސާބުން ޗައިނާ ސިފައިން ގާއުކި ކަމަށް ވެސް ބުންޏެވެ. އިންޑިއާ ސިފައިން ވެސް ރައްދުގަައި ގާއުކިއެވެ.

އިންޑިއާއާއި ޗައިނާއާ ދެމެދު އަރައިރުމެއް އުފެދިގެން އުޅެނީ އިންޑިއާގެ ފަރުބަދަ މަތީ ސަރަހައްދެއްކަަމަށްވާ ސިއްކީމްގެ ކައިރީގައިވާ ބިން އެއްވަރު ސަރަހައްދަކާ މެދުގައެވެ. އެ ސަރަހައްދަކީ އިންޑިއާއި ޗައިނާއިން ހިއްސާކުރާ 2175 މޭލުގެ ސަރަހައްދީ ރޮނގުގެ ބައެކެވެ. އަރައިރުން ފެށުނީ ޗައިނާ ފަޅީފައި މަގެއް ހެދުމުގެ މަސައްކަތް ކުރަން ތިބި ބަޔަކަށް އިންޑިއާ ސިފައިން ހުރަސް އެޅުމުންނެވެ. އެހާދިސާއަށް ފަހު ދެގައުމުގެ ސިފައިންގެ މެދުގައި ކޮންމެވެސް ވަރަކަށް ކުރިމަލުންތައް ހިނގިއެވެ. ޖޫންމަހު ހިނގި ފަހުން ދެ ލަޝްކަރު ތިބެނީ ކުރިމަތިލައިގެން ތައްޔާރީ ހާލަތުގައެވެ.