މަސްތުވާތަކެތި

20 ކިލޯ ހެރޮއިނާއި 1.25 ކިލޯގެ ކެނަބިސް ނައްތާލައިފި

Mar 5, 2017

ފުލުހުން ހިންގާފައިވާ އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.

ފުލުހުން ބުނީ ދޫނިދޫގައި އެތަކެތި ނައްތާލީ މަސްތުވާތަކެތި ނައްތާލަން އުފައްދާފައިވާ ކޮމެޓީގެ ހާޒިރުގައި މިދިއަ ބުރާސްފަތި ދުވަހު ކަމަށާއި ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި 2004 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ދެމެދު ތަހުގީގުކޮށްފައިވާ އެކިއެކި މައްސަލަތަކުގައި ހިމެނޭ 20.68 ކިލޯގްރާމް ހެރޮއިނާއި 1.25 ކިލޯ ގްރާމް ކެނަބިސް ހިމެނޭ ކަމަށެވެ.

އަދި އޭގެ ތެރޭގައި މަސްތުވާތަކެތި ބަންދުކުރަން ގެންގުޅެފައިހުރި ރަބަރު ޕެކެޓާއި ސެލޯފިންކޮޅުތަކާއި މައްސަލަތަކުގައި ހެއްކާއި ގަރީނާގެ ގޮތުގައި ބޭނުންކޮށްފައިވާ ބައެއް ތަކެތި ވެސް ހިމެނެ އެވެ.