ޓެކްނޯލޮޖީ

ވައިބާ އިން ސްކްރީންޝޮޓް ނަގައިފިއްޔާ ދެން ފަޅާއަރާނެ

މި ޒަމާނަކީ ޓެކްނޮޖީ ކުރިއަރާފައިވާ ޒަމާނެކެވެ. އަތުގައި ސްމާޓްފޯނެއް ނޯންނަ މީހަކު މަދުވާނެ އެވެ. ހަމައެއާއި އެކު ސޯޝަލް މީޑީއާއެއްގައި ނޫޅޭނެމީހަކުވެސް މިހާރު މަދުވާނެ އެވެ. މި ކުޑަ ކުޑަ ދިވެހިރާއްޖެ އަކީ މިކަމުގެ އެންމެ ބޮޑު ހެއްކެވެ. ދިވެހީންގެ ތެރޭގައި އެންމެ މަޝްހޫރު ސޯޝަލް މީޑިއާތަކަށް ބަލާލާއިރު އެއްވަނައިގައި މި އޮތީ ވައިބާ އާއި ފޭސްބުކެވެ. މިގޮތުން ރާއްޖޭގައި ވައިބާ ބޭނުންކުރާ ފަރާތްތަކަށް މިފަހަރު މިއޮތީ ވަރަށް ވެސް މުހިންމު ހަބަރެކެވެ.

ވައިބާއިން މިވަނީ އެމީހުންގެ އެޕްލިކޭޝަނަށް ސީކްރެޓް ޗެޓް ނުވަތަ އަމިއްލަ ސަލާމަތީ ފީޗާއެއް ލޯންޗްކުރުމަށް ތައްޔާރުވެފަ އެވެ. މި ފީޗާގެ މަގްސަދެއްގެ ގޮތުގައި ވައިބާއިން ބުނަނީ ވައިބާ ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ޕްރައިވެސީ ވަރުގަދަކޮށްދިނުމެވެ. ހަމައެއާ އެކު ވައިބާގެ ބޭނުން ނަހަމަގޮތުގައި ހިފާ ފަރާތްތަކަށް ވަރުގަދަ ރައްދެއްދިނުމެވެ.

ވައިބާއިން އަލަށް ތައާރަފްކުރި މި ފީޗާގެ ސަބަބުން ފޮނުވާ މެސެޖްތަށް އެހެން ފަރާތަކަށް ދިއުމުން ސަލާމަތްކޮށްދެއެވެ. އެގޮތުން އޮޅިގެން ފޮނުވޭ މެސެޖްތަށް ވަގުތުން ބްލޮކްކޮށްލެވޭނެއެވެ. ހަމައެއާއިއެކު މި ފީޗާގައި ދެން ހިމެނޭ ކޮމްޕޮނެންޓަކީ ވައިބާއިން ނެގޭ ސްކްރީންޝޮޓްތަށް ބްލޮކްކޮށްލެވުމެވެ. މިއީ ވައިބާ ބޭނުން ކުރާ ގިނަ ފާރަތްތަކެއް އުންމީދު ކުރަމުން އައި އެއް ފީޗާ އެވެ. ސްކްރީންޝޮޓް ނެގުމުން މި ފީޗާގެ އެހީގައި އެ ސްކްރީންޝޮޓް އެލާމްކޮށްދީ ސްކްރީންޝޮޓް ނެގުން ބްލޮކްކޮށްލެވޭނެ އެވެ. ވައިބާގެ މި އާ ފީޗާތައް ނެރޭނީ އަންނަ ހަފްތާގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ފީޗާތަކަކީ އެޕަލްގެ އައިއޯއެސްގެ އިތުރުން އެންޑްރޮއިޑް ފޯނުތަކަށް ވެސް ބޭނުންކުރެވޭނެ ފީޗާތަކެކެވެ. ވައިބާއިން ވަނީ ވޭތުވެދިޔަ އަހަރުގެ ފަހު ކުއާޓާއިންސުރެ ވައިބާ ބޭނުން ކުރާ ފާރާތްތަކުގެ ޕްރައިވެސީ ދަމަހައްޓަން ގިނަ ފަޔަވަޅުތަކެއް އެޅުމުގެ ގޮތުން ބޭނުންތެރި ގިނަ ފީޗާތަކެއް ލޯންޗްކޮށްފަ އެވެ. އެގޮތުން ވައިބާއިން ވަނީ ޗެޓްތަށް ޕިން ކޯޑްއިން ލޮކް ކޮށްލެވޭނެ ފީޗާއެއް ވެސް ތައާރަފްކޮށްފަ އެވެ.

ރާއްޖޭގައި ވައިބާ ސްކްރީންޝޮޓްތަކަކީ ސޯޝަލް މީޑިއާތަކުގައި ވަރަށް އާންމުކޮށް ފެންނަ އެއްޗެކެވެ. އެކި ފަހަރު އެކިބޭނުންތަކުގައެވެ. ސިޔާސީ ހަލަބޮލިކަމުގައާއި ގާތްރަހުމަތްތެރިންނާއި ސަކަރާތްޖަހާލުމަށް ވެސް މިކަން ކުރެ އެވެ. މި ފީޗާއާ އެއްކޮށް ވައިބާ ސްކްރީންޝޮޓްތަކުގެ ކުޅިގަނޑު ނިމުމަކަށް އަންނާނެ ކަމަށް ބަލަމާ ހިންގާށެވެ. ގްރޫޕެއްގެ ސިއްރުތަށް ބޭރުކުރަން އުޅޭ މީހުން މިއާފީޗެ އެހީގައި އަތުލައިގަނެވޭނެ އެވެ.