ހަބަރު

ދެ ރަށެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

ށ. ކޮމަޑޫ އާއި ހދ. ނޮޅިވަރަމްގެ ސިއްހީ މަރުކަޒު މަރާމާތު ކުރަން ބަޔަކާ ހަވާލުކޮށް، މިއަދު އެގްރިމެންޓުގައި ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ދެ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދެ ކުންފުންޏަކަށެވެ. މި ޕްރޮޖެކްޓަށް 2.7 މިލިއަން ރުފިޔާ ހަރަދު އެވެ.

މި ޕްރޮޖެކްޓްގައި ކޮމަންޑޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލު ކުރީ ވައިޓް ކްރެސެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިމޭނެ އެވެ. މި މަސައްކަތް ނިމުމުން މިހާރު އޮފީހުގެ ގޮތުގައި ބޭނުންކުރާ ބައި ހުސްކޮށް އެޖާގަ ކްލިނިކަލް ސާވިސް ދިނުމަށް ބޭނުން ކުރާނެއެވެ. މި މަސައްކަތުގެ އަގަކީ 1.7 މިލިއަން ރުފިޔާ ހަމަޖައްސަވާފައި ވެއެވެ.

ނޮޅިވަރަމް ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ހަވާލު ކޮށްފައިވަނީ ރައިޒާ ޕްރައިވެޓް ލިމިޓެޑްއާއެވެ. މި ޕްރޮޖެކްޓަށް 1.1 މިލިއަން ރުފިޔާ ހޭދަ ކުރެ އެވެ.