ސްވައިން ފްލޫ

ފްލޫ ވެކްސިން ޖަހައިދޭ ކޭމްޕެއް އާސަންދައިން ގާއިމްކޮށްފި

ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލް -- ފޮޓޯ: އަވަސް
0%
0%
0%

ސުވައިން ފުލޫއާ ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ފުލޫ ވެކްސިން ޖަހައިދޭން ކޭމްޕެއް ގާއިމުކޮށް އާސަންދައިން ވެކްސިން ޖަހައިދޭން ފަށައިފި އެވެ.

އާސަންދައިން މި ހިދުމަތް ދޭން ފަށައިފައި ވަނީ މިއަދު މެންދުރުފަހު 2:00 އިން ފެށިގެންނެވެ. ކޮންމެ ދުވަހުކު ވެސް އިރުއޮއްސުމާ ހަމައަށް އަމީނީ މަގު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ވެކްސިންޖަހައި ދިނުމުގެ ހިދުމަތް ކުރިޔަށް ގެންދާނެ އެވެ. މި ކޭމްޕް ކުރިޔަށް ގެންދާނީ ކިތައް ދުވަހަށް ކަމެއް ނުބުނެ އެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއް ސަމަދު މިއަދު ވިދާޅުވީ އާސަންދައިގެ މި ކޭމްޕުގައި ފުލޫ ވެކްސިން ޖަހައިދޭނީ ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށާއި ތެލެސީމިއާ ކުދިންނަށް ކަމަށެވެ. އޭނާ ވިދާޅުވީ ހާއްސަ އެހީގެ މީހުނާއި ތެލަސީމިއާ ކުދިންނަށް ވެކްސިން ޖަހައިދޭން ފެށީ އެ ފަރާތްތަކަކީ ބަލީޖެހުމުގެ ފުރުސަތު ބޮޑު ފަރާތްތަކަކަށް ވުމުން ކަމަށާއި އާސަންދައިން ގާއިމް ކުރި ކޭމްޕްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ތެލަސީމިއާގެ ތިން އަހަރުން މަތީ އެންމެނަށްވެސް ވެކްސިން ޖަހައިދޭނެ ކަމަށެވެ.

މި ކޭމްޕްގައި ވެކްސިން ޖަހައިދޭން ފެށި އިރު އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ވެސް އާސަންދައިން ދަނީ ވެކްސިން ޖަހައިދެމުންނެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނަކަ

ބަލަ މިވަރުގެ ސަރުކާރެއްނެތް ޔާމީނުކަހަލަ ކުޅަދާނަ މާލިމިޔަކުމިގައުމަކައްދެންނުލިބޭނެ މުޅިރާއްޖެތަރައްގިކުރާތީ ތިރީސްއަހަރު އަދި ރީދޫ ހަސަދަވަނީ

ސެން

ކޮބާ ތެދެއް. ނޭވާހިއްލާ މީހުނަށް މި ވެކްސިން ޖަހަނީ ކޮންއިރަކު

ޢައިސާ

ކޮބާ ކުޑަކުދިން އަށް ވެކްސިން ޖަހަނީ ކޮންއިރަކުން؟؟

ނނ

ކޮބާތަ އަސްތްމާ ހުންނަ މީހުން ؟؟ މިއީވެސް ރިސްކް ކެޓެގަރީ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910