ހަބަރު

މިއަހަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި އަދަދު އިތުރު: އެޗްޕީއޭ

Dec 10, 2019
1
ފްލޫ ކްލިނިކެއްގައި ކުޑަ ކުއްޖަކަށް ފަރުވާދެނީ-- ފޮޓޯ: އަވަސް އާކައިވް
0%
0%
0%

ވޭތުވެ ދިޔަ އަހަރުތަކާއި އަޅާ ބަލާއިރު ޑެންގީ ހުން ޖެހިގެން މިއަހަރު މިހާތަނަށް ރިޕޯޓު ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ވޭތުވެދިޔަ އަހަރުތަކާއި އަޅާ ބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި އަދަދު ގިނަ ނަމަވެސް އޮކްޓޯބަރު މަހުގައި ރިޕޯޓުކުރި އަދަދަށްވުރެ މިދިޔަ މަހު ރިޕޯޓު ކުރި އަދަދު ދަށް ކަމަށެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށާއި އެހެން ކަމުން ޑެންގީ އާއި ޗިކުން ގުންޔާފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެ އެޖެންސީ އިން ހާމަކުރާ ގޮތުގައި ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު އަރިދަފުސް ރޯގާ ޖެހިގެން ރޕޯޓުކުރި އަދަދު ވަނީ އިތުރުވެފަ އެވެ. ނަމަވެސް އޮކްޓޫބަރު މަހާ އަޅާ ބަލާއިރު ނޮވެމްބަރު މަހު މިއަދަދު ވަނީ އިތުރުވެފަ އެވެ.

މިއަހަރު މިހާތަނަށް 4141 މީހަކު ޑޭންގީ ޖެހިގެން ރިޕޯޓު ކޮށްފައިވާއިރު އަރިދަފުސް ރޯގާ ޖެހިގެން މިއަހަރު މިހާތަަނަށް 229،02 ކޭސްއެއް ވަނީ ރިޕޯޓު ކޮށްފަ އެވެ. އަދި މީގެ ތެރެއިން އިންފްލުއެންޒާ ހުރިތޯ ބެލުމަށް 1550 މީޙަކު ޓެސްޓް ކުރެވުނުއިރު މީގެ ތެރެއިން 553 މީހަކު ވަނީ ޕޮސިޓިވް ވެފަ އެވެ. ބޭރަށް ހިންގުމާއި ހޮޑުލުމުގެ 43،570 ކޭސްއެއް ވަނީ ރިޕޯޓުކޮށްފަ އެވެ.

މި ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅާއިގެން ދިރިއުޅޭ މާހައުލު ސާފްތާހިރުކޮށް ބެހެއްޓުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910