ހަބަރު

ކާޑެއްދޫއަށް މަސްތުވާ ތަކެތި ގެންދަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކާޑެއްދުއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންދަންއުޅުނު އަންހެނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، ރޭގެ ވަގުތެއްގައި ކާޑެއްދޫ އެއާޕޯޓުން ހައްޔަރު ކުރީ 27 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ބަލާ ފާސްކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރި 98 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މި މީހާ ހައްޔަރު ކޮށްފައިވަނީ، މާލެއިން ކާޑެއްދުއަށް ދިޔަ ފްލައިޓަކުން މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

މި މައްސަލަ މިހާރު ދަނީ މޯލްޑިވްސް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ތިނަދޫ ޕޮލިސް ސާވިސް ގުޅިގެން ތަހުގީގު ކުރަމުންނެވެ.