ހަބަރު

ނަފުރަތާއި ބިރު އުފެދޭ ގޮތަށް ފްލޫގެ ހަބަރު ފަތުރާނަމަ ފިޔަވަޅު އަޅާނަން

Mar 21, 2017
1
އައިޖީއެމްއެޗް -- ފޮޓޯ: އަހްމަދު ޝުރާއު | އަވަސް
0%
0%
0%

ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗް1އެން1 އާ ގުޅޭ ހަބަރުތައް، މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާ ކަމަށާއި އެގޮތަށް އަމަލު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފި އެވެ.

ބްރޯޑްކޮމް އިން މިއަދު ނެރުން ބަޔާނެއްގައި ބުނެފައި ވަނީ މީޑިއާގެ ބައެއް ފަރާތްތަކުން ފުލޫއާ ގުޅިގެން ފަތުރަމުންދާ ހަބަރުތައް ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާއި އަބުރުރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނާ ފުށުއަރާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ފެތުރެމުންދާ އިންފްލުއަންޒާ ރޯގާގެ ހަބަރުތައް އާންމުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްރަތު އުފެދޭ ގޮތަށް ފަތުރަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެފަދަ އަމަލުތައް ކުށްވެރި ކުރާ ކަމަށެވެ.

އޭގެ އިތުރުން ދިވެހި ދައުލަތުގެ ހާރިޖީ ގުޅުންތަކަށް ބުރޫއަރާ ގޮތަށާއި ޓެރަރިޒަމަށް ހިތްވަރު ލިބޭގޮތަށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ބައެއް ބްރޯޑްކާސްޓަރުން ފަތުރަމުންދާކަމަށް ވެސް ބްރޯޑްކޮމްއިން ބުންޏެވެ. އެހެންކަމުން ބްރޯޑްކާސްޓު ކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ގާނޫނާއި ގަައިދުތަކުގެ ތެރެއިން އަމަލު ކުރުމަށާއި އެާ ހިލާފު ވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910